ިންޓަރނެޓް މެދުވެރިކޮށް ހިންގާ މަކަރާއި ޙީލަތުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުންނަށް ޤާނޫނީ ގޮތުން ދިމާވާ ގޮންޖެހުންތައް: ހުރަސްތަކާއި ޙައްލުތައް
Keywords:
ސައިބަރ ކްރައިމް, އޮންލައިން މަކަރާއި ޙީލަތްތައް, އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތައް, ޙުޤީޤީ އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް, ސައިބަރކްރައިމް ޤާނޫނުAbstract
މި ދިރާސާއަކީ އިންޓަރނެޓް މެދުވެރިކޮށް ހިންގާ މަކަރާއި ޙީލަތުގެ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ޤާނޫނީ ގޮތުން ދިމާވާ ގޮންޖެހުންތަކަކީ ކޮބައިކަން ބަލައި، އެގޮންޖެހުންތައް ހައްލު ކުރުމަށް ކުރެވޭނީ ކޮންކަމެއްތޯ ބަލައި އެކަމަށް ފަރުވާއެއް ހޯދުމުގެ ބޭނުމުގައި ހަދާފައިވާ ދިރާސާއެކެވެ. އިންޓަރނެޓް ވުޖޫދުވުމާއި ކޮމްޕިއުޓަރުން އިންޓަރނެޓް ބޭނުންކޮށް އެއިން އާންމު ބޭނުންތަކުގައި ބޭނުންކުރަން ފެށިފަހުން އެ ބޭނުންކޮށްގެން ކުށްތައް ކުރަން ފެށިގެން އައެވެ. އަދި މީގެ ސަބަބުން ކުރިން ނެތް ބާވަތުގެ ކުށްތައް ވުޖޫދުވެ އޭރު ނެތް ޤާނޫނުތައް ތަސްދީޤުކުރަން އެކި ޤައުމުތަކަށް މަޖްބޫރުވިއެވެ. އެހެންކަމުން އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާ އެއްގޮތަށް ޤާނޫނުތަކަށް ބަދަލުތައްވެސް ގެންނަން ޖެހުމުން އެކަމުގައި ޤާނުނު ހަދާފަރާތްތަކަށާއި، ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ގޮންޖެހުންތަކެއް ދިމާވާން ފެށިއެވެ. އިންޓަނެޓް ބޭނުންކުރުން ގިނަވުމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި އިންޓަނެޓް ސްކޭމްތައް ހިމެނޭ ގޮތަށް އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތައް އިތުރުވުމަށް މިހާރު މިވަނީ މަގުފަހިވެފައެވެ. އިންޓަރނެޓް މެދުވެރިކޮށް ތަފާތު ބާވަތްތަކުގެ ކުށްތައް ހިންގާއިރު މަކަރާޙީލަތަކީ މިހާރު ދިވެހިރާއްޖެއަށް އަދި މުޅި ދުނިޔެއަށްވެސް އެއިން ސަލާމަތްނުވެފައި އޮތް ވަބާއެކެވެ. އިންޓަރނެޓް މެދުވެރިކޮށް ހިންގާ މަކަރާއިޙީލަތުގެ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ޤާނުނީގޮތުން ދިމާވާ ގޮންޖެހުންތައް ދެނެގަތުމުގެ މަޤްޞަދުގައި ހެދިފައިވާ މިދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ކޮލިޓޭޓިވް ޑޮކްޓްރީނަލް ލީގަލް ރީސަރޗް މަންހަޖުތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އެއްކުރެވިފައިވާ މަޢުލޫމާތުގެ އަލީގައި ކަމާއިގުޅުންހުރި ޤާނޫނުތަކަށް އަވަސް ބަދަލުތަކެއް ގެންނަންޖެހޭކަމާއި، ފުލުހުންގެ ތަޙްޤީގީ އިދާރާ އިތުރަށް ކުރިއަރުވަންޖެހޭކަން ހާމަވެގެން ގޮސްފައިވެއެވެ.
